އައްޑޫ ސިޓީ

އައްޑޫ ސިޓީގެ ދާއިރާތަކުގެ ނަންތައް އިސްލާހުކޮށްފި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ދަށުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކަނޑައަޅާފައިވާ އައްޑޫ ސިޓީގެ އިންތިހާބީ ދާއިރާތަކުގެ ނަންތަކަށް ބަދަލު ގެނެސްފި އެވެ.

ކުރިން އިލެކްޝަންސް ކޮމިޝަނުން އާންމުކުރި އިންތިހާބީ ދާއިރާތަކަށް ދީފައިވާ ނަންތަކާމެދު އައްޑޫގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ އެ ސިޓީގެ ރައްޔިތުން ބޭނުންކުރާ ގޮތް ނޫން އެހެން ގޮތްގޮތަށް އެ ދާއިރާތަކަށް ނަން ދީފައިވާތީ އެވެ.

އަވަސްއާއި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވީ މިމަހުގެ ފުރަތަމަ ދުވަހު އާންމު ކުރެވިފައިވާ ސިޓީތަކުގެ އިންތިހާބީ ދާއިރާތަކުގެ ނަންތަކުގައި ބަދަލުތައް ހިމަނާފައިވާނެ ކަމަށެވެ. ހާއްސަކޮށް އައްޑޫ ސިޓީގެ ބައެއް ދާއިރާތަކަށް ކުރިން ދެވިފައިވާ ނަންތައް މިހާރު ބަދަލުކޮށްފައިވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ދާއިރާތައް

  • ހިތަދޫ މޫލުކެޑެ އޮޑައްސައު ދާއިރާ
  • ހިތަދޫ ކޮރޮވައު ދާއިރާ
  • ހިތަދޫ ބޭރުމަތި ދާއިރާ
  • ހިތަދޫ މެދުވައު ދައިރާ
  • ހިތަދޫ ރަސްގެދަރު ދާއިރާ
  • ހިތަދޫ މާމެންދޫ ދާއިރާ
  • މަރަދޫ ދާއިރާ
  • މަރަދޫ ފޭދޫ ދާއިރާ
  • ފޭދޫ، މަގޫދޫ ދާއިރާ
  • ފޭދޫ މާދެލަ ދާއިރާ
  • ހުޅުދޫ ދާއިރާ
  • މީދޫ ދާއިރާ

މާލެ ސިޓީގެ ދާއިރާތައް

  • ހުޅުމާލެ ދާއިރާ
  • ހެންވޭރު އުތުރު ދާއިރާ
  • ހެންވޭރު ދެކުނު ދައިރާ
  • މެދު ހެންވޭރު ދާއިރާ
  • ހެންވޭރު ހުޅަނގު ދާއިރާ
  • ގަލޮޅު އުތުރު ދާއިރާ
  • ގަލޮޅު ދެކުނު ދާއިރާ
  • ގަލޮޅު މެދު ދާއިރާ
  • ގަލޮޅު ހުޅަނގު ދާއިރާ
  • މައްޗަންގޮޅީ އުތުރު ދާއިރާ
  • މައްޗަންގޮޅީ މެދު ދާއިރާ
  • މައްޗަންގޮޅީ ދެކުނު ދާއިރާ
  • މާފަންނު މެދު ދާއިރާ
  • މާފަންނު އުތުރު ދާއިރާ
  • މާފަންނު ހުޅަނގު ދާއިރާ
  • މާފަންނު ހުޅަނގު، އުތުރު ދާއިރާ
  • މާފަންނު ދެކުނު ދާއިރާ
  • ވިލިމާލެ ދާއިރާ

ފުވައްމުލަކު ސިޓީގެ ދާއިރާތައް

  • ފުވައްމުލައް ހުޅަނގު އުތުރު ދާއިރާ
  • ފުވައްމުލައް އިރު އުތުރު ދާއިރާ
  • ފުވައްމުލައް މެދު އުތުރު ދާއިރާ
  • ފުވައްމުލައް ހުޅަނގު ދެކުނު ދާއިރާ
  • ފުވައްމުލައް މެދު ދެކުނު ދާއިރާ
  • ފުވައްމުލައް އިރު ދެކުނު ދާއިރާ