ހަބަރު

ފުރަތަމަ އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަން އައިޖީއެމްއެޗަށް

Jan 5, 2020
3

ރާއްޖޭގެ ފުރަތަމަ އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަން ޑރ. ފަތުހުﷲ ސައީދު އައިޖީއެމްއެޗް ގައި މިއަދު ހިދުމަތް ކުރައްވަން ފައްޓަވައިފި އެވެ.

އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަރީ އަކީ އަނގަ އާއި މޫނު އަދި ކަނދުރާގެ ސާޖަރީ ތަކަށް ހާއްސަ ފަރުވާދޭ ސްޕެޝަލިޓީއެކެވެ.

އޭގެ ތެރޭގައި އުފެދުމުގަ އާއި އަނިޔާ ވެގެން މޫނުމަތީގައިވާ އައިބުތަކައި ޓްރޯމާ ފަރުވާ އާއި އަނގައިގެ ކެންސަރު ދެނެގަތުމާއި ސާޖަރީ ކުރުމާއި ޕޭޝަލް ކޮސްމެޓިކް ސާޖަރީ އާއި ކޯ ކަށިގަނޑުގެ ބަލިތަކާއި، މޫނުމަތީގެ އެކިއެކި ތަދުތަކަށް ފަރުވާދިނުމާއި އިމްޕްލާންޓް ސާޖަރީ ކުރުންފަދަ ކަން ހިމެނެ އެވެ.

އައިޖީއެމްޗުން ބުނީ، ފަތުހުﷲ ސައީދު އެހޮސްޕިޓަލްގެ އޯޕީޑީގައި ބަލިމީހުން ބެއްލެވުމާއި އެ ސްޕެޝަލިޓީ އާއި ގުޅުންހުރި
ހިދުމަތްތައް ކުރިއަށްއޮތް ދުވަސްތަކުގައި ދެއްވާނެ ކަމަަށެވެ.