ކުޅުދުއްފުށި

ކުޅުދުއްފުށި ދާއިރާތައް ކަނޑައެޅުން އަންނަ ހަފުތާގައި އެ ސިޓީގައި

ކުޅުދުއްފުށި ދާއިރާތައް ކަނޑައެޅުން އަންނަ ހަފުތާގައި އެ ސިޓީގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ކޮމިޝަނުން މިއަދު ބުނީ ކުޅުދުއްފުށީ ސިޓީގެ އިންތިހާބީ ދާއިރާތައް އިއުލާނު ކުރުމާއި، އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރު ނެގުން އަންނަ ހަފުތާގައި ބާއްވާނެ ކަމަށެވެ.

އެ ގުރުނެގުން ބާއްވަނީ ކުޅުދުއްފުށި ސިޓީގަ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީއަކަށް މެންބަރުން އިންތިހާބު ކުރާއިރު އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ އަދި މާލެ ސިޓީގެ ދާއިރާތަކާއި، އަންހެނުންނަށް ހާއްސަ ގޮނޑިތައް މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ.

ކުޅުދުއްފުށި ސިޓީގެ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުން ފަސްވީ އެ ރަށައް ސިޓީއެއްގެ ދަރަޖަ ދިނުން ސަރުކާރުން ފަސް ކުރުމާއި ގުޅިގެންނެވެ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.

ކުރިން އިލެކްޝަންސް ކޮމިޝަނުން އާންމުކުރި އިންތިހާބީ ދާއިރާތަކަށް ދީފައިވާ ނަންތަކާމެދު އައްޑޫގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން އެ ނަންތަކަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަދަލުގެނެސްފަ އެވެ.

އައްޑޫ ސިޓީގެ ދާއިރާތައް

  • ހިތަދޫ މޫލުކެޑެ އޮޑައްސައު ދާއިރާ
  • ހިތަދޫ ކޮރޮވައު ދާއިރާ
  • ހިތަދޫ ބޭރުމަތި ދާއިރާ
  • ހިތަދޫ މެދުވައު ދައިރާ
  • ހިތަދޫ ރަސްގެދަރު ދާއިރާ
  • ހިތަދޫ މާމެންދޫ ދާއިރާ
  • މަރަދޫ ދާއިރާ
  • މަރަދޫ ފޭދޫ ދާއިރާ
  • ފޭދޫ، މަގޫދޫ ދާއިރާ
  • ފޭދޫ މާދެލަ ދާއިރާ
  • ހުޅުދޫ ދާއިރާ
  • މީދޫ ދާއިރާ

މާލެ ސިޓީގެ ދާއިރާތައް

  • ހުޅުމާލެ ދާއިރާ
  • ހެންވޭރު އުތުރު ދާއިރާ
  • ހެންވޭރު ދެކުނު ދައިރާ
  • މެދު ހެންވޭރު ދާއިރާ
  • ހެންވޭރު ހުޅަނގު ދާއިރާ
  • ގަލޮޅު އުތުރު ދާއިރާ
  • ގަލޮޅު ދެކުނު ދާއިރާ
  • ގަލޮޅު މެދު ދާއިރާ
  • ގަލޮޅު ހުޅަނގު ދާއިރާ
  • މައްޗަންގޮޅީ އުތުރު ދާއިރާ
  • މައްޗަންގޮޅީ މެދު ދާއިރާ
  • މައްޗަންގޮޅީ ދެކުނު ދާއިރާ
  • މާފަންނު މެދު ދާއިރާ
  • މާފަންނު އުތުރު ދާއިރާ
  • މާފަންނު ހުޅަނގު ދާއިރާ
  • މާފަންނު ހުޅަނގު، އުތުރު ދާއިރާ
  • މާފަންނު ދެކުނު ދާއިރާ
  • ވިލިމާލެ ދާއިރާ

ފުވައްމުލަކު ސިޓީގެ ދާއިރާތައް

  • ފުވައްމުލައް ހުޅަނގު އުތުރު ދާއިރާ
  • ފުވައްމުލައް އިރު އުތުރު ދާއިރާ
  • ފުވައްމުލައް މެދު އުތުރު ދާއިރާ
  • ފުވައްމުލައް ހުޅަނގު ދެކުނު ދާއިރާ
  • ފުވައްމުލައް މެދު ދެކުނު ދާއިރާ
  • ފުވައްމުލައް އިރު ދެކުނު ދާއިރާ