އަންނަ ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ތާރާވީހު ނަމާދު ކުރަން ބޭރުން ގެންނަ ހާފިޒުންނަކީ ދިނީ އެއްބައިވަންތަ ކަމަށް ތަބާވާ ރަނގަޅު ބައެއްތޯ ދެނެގަތުމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ކޮމެޓީގައި މަޝްވަރާކޮށް އެކަމަށް ކޮމެޓީއެއް އެކުލަވާލައިފި އެވެ.
ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނީ ރޯދަ މަހަށް ބޭރުން ގެންނަ ހާފިޒުންގެ ކަންކަމަށް ދުރާލާ ތައްޔާރުވުމަށާއި އެކަމުގެ އުސޫލު ހަރުދަނާ ކުރަން މިއަދު ބައްދަލުވުމެއް ބާއްވާ މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަދި ގެންނަ ހާފިޒުންނަކީ ދީނީ އެއްބައިވަންތަ ކަމުގެ އުސޫލުތަކަށް ތަބާވާ ރަނގަޅު ބައެއްތޯ ދެނެ ގަތުމަށް މަޝްވަރާ ކޮށްފައިވާ ކަމަށާއި އަދި އެކަން ހަރުދަނާ ކުރުމަށް ކޮމެޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށެވެ.
އެ ކޮމެޓީގައި ހިމެނެނީ އިސްލާމިކް މިނިސްޓްރީ އާއި ހޯމް މިިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި ގައުމީ ދިފާއީ ބާރާއި ފުލުހުންނާއި އިމިގްރޭޝަނާއި ކައުންޓަ ޓެރަރިޒަމް ސެންޓަރެވެ.