ހަބަރު

މައުލޫމާތު ބަދަލު ކުރަން އެފްއައިޔޫއާއި މީރާއިން ސޮއިކޮށްފި

Jan 6, 2020

މައުލޫމާތު ބަދަލު ކުރުމުގެ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ފައިނޭންޝަލް އިންޓެލިޖެންޓް ޔުނިޓް (އެފްއައިޔޫ) އާއި މީރާއާއެކު ސޮއިކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ) ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެފްއައިޔޫގެ ފަރާތުން ސޮއިކުރެއްވީ ވެރިޔާ، އިބްރާހިމް އަހުމަދު ނާސިރު އެވެ. ޓެކްސް އިދާރާ މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު، އަލީ ހާޝިމް ވެސް ބައިވެރިވަޑައިގަތެވެ.

އެފްއައިޔޫއަކީ މަނީލޯންޑްރިން އާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުމުގެ މައްސަލަތައް ބެލުމަށް މަރުކަޒީ ބޭންކުގެ ތެރޭގައި ގާއިމްކޮށްފައިވާ މިނިވަން ބޮޑީއެކެވެ.