ހަބަރު

ބަނގުރާ ފުޅިތަކަކާއެކު ކުޑަ ކުއްޖަކާއި ތިން މީހަކު ހައްޔަރުކޮށްފި

ބަނގުރާ ހުރި ކަމަށް ބެލެވޭ ފުޅިތަކަކާ އެކު ކ. ކާށިދޫގެ ގެއަކުން 18 އަހަރު ނުފުރޭ ކުއްޖަކާއި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ރޭ ދަންވަރު 2:30 ހާއިރު ކ. ކާށިދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ރަށު ތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު ބަނގުރާ ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި ފުޅިތަކަކާއެކު ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 24 އަހަރުގެ ދިވެހި ފިރިހަނަކާއި 18 އަހަރުގެ ދިވެހި އަންހެނަކާއި 30 އަހަރުގެ ސްރީލަންކާ މީހާކައި 17 އަހަރުގެ ކުޑަކުއްޖެެކެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރު ކުރި ކުޑަކުއްޖާ އަކީ އާއިލާއަށް ފިލައިގެން އުޅޭތީ ފުލުހުން ހޯދަމުންދާ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ. އެ ކުއްޖާ މިހާރު އާއިލާއާ ހަވާލު ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.