ބަނގުރާ

511 ދަޅު ބިޔަރާއި 116 ފުޅި ބަނގުރަލާއެކު 4 މީހަކު ހައްޔަރަށް

Sep 19, 2020
1

ފުލުހުން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި 511 ދަޅު ބިޔަރާއި 116 ފުޅި ބަނގުރަލާއެކު ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

އެއް އޮޕަރޭޝަން ހިންގީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އެދުވަހު ހެންވޭރު ގެއެއް ކައިރީގައި ޕިކަޕަކުން އެއްޗިހިތަކެއް ބާލަމުންދިޔަ ތިން މީހަކު ހައްޔަރުކޮށް ޕިކަޕު ބަލައި ފާސް ކުރިއިރު 511 ދަޅު ބިޔަރު ފެނުނެވެ. ހައްޔަރު ކުރީ ދިވެހި ދެ ފިރިހެނުންނާއި ބަނގަލާދޭޝްގެ މީހެކެވެ.

ދެވަނަ އޮޕަރޭޝަން 15 ވަނަ ދުވަހު އެވެ. އެ ދުވަހު މާލެ ސިނާއީ ސަރަހައްދުން ވޭނެއް ހުއްޓުވައި ބަލައި ފާސްކުރިއިރު 116 ފުޅި ބަނގުރާ ފެނުނެވެ. އެ ތަނުން ހައްުޔަރު ކުރީ ދިވެހި ފިރިހެނެކެވެ.