މާލޭގައި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.
ފުލުހުން ބުނީ ރޭ އިރާކޮޅު ބަޔު މާލޭގެ އައިމިނަރަނި ހިނގުމުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ ކަމަށެވެ. އަދި އެކަން ކުރި މީހުން ފިލާފައިވާ ކަމަށެވެ.
އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.