ހަބަރު

ރަށްރަށުގެ މޫދަށް އެރޭ ސަރަހައްދަށް ބީޗް ސްކައުޓުން

މީހުން ދިރިއުޅޭ ރަށްރަށިގައި މޫދަށް އެރޭ ސަރަހައްދުގައި ސޭފްޓީ ބޯޑާއި ލައިފްގާޑުން ބައިތިއްބަން ޓޫރިިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެއަކީ ފަތުރުވެރިިންނަށާއި ރާއްޖޭގެ ރައްޔިތުންނަށް އަމާން މަންޒިލަކަށް ހެދުމަށްއެ މިނިސްޓްރީން އިސް ނަގައި ފުލިހާއި ސިފައިނާއެކު ފަށާފައިވާ "ވޯޓާ ސޭފްޓީ ޕްރޮގްރާމް" ގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މޫދަށް އެރޭ ސަރަހައްދުގައި ސޭފްޓީ ބޯޑު ބަހައްޓައި ބީޗް ސްކައުޓުން ބައިތިއްބަން ނިންމާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 100 ޓޫރިސްޓު އެނދު ގާއިމްކޮށްފައިވާ 19 ރަށެއްގައި "ބީޗް ސްކައުޓުން" ގެ ނަމުގައި މީހުން ބޭތިއްބުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލަފައި ވެއެވެ.

ބީޗް ސްކައުޓުން ބައިތިއްބާ ރަށްތައް

  • ބ. ދަރަވަންދޫ
  • އއ. ރަސްދޫ
  • އއ. ތޮއްޑޫ
  • އއ. އުކުޅަސް
  • އދ. ދިގުރަށް
  • އދ. ހައްޏާމީދޫ
  • ކ. ދިއްފުށި
  • ކ. ގުޅި
  • ކ. ގުރައިދޫ
  • ކ. ހިންމަފުށި
  • ކ. ހުޅުމާލެ
  • ކ. ހުރާ
  • ކ. މާފުށި
  • މާލެ ސިޓީ
  • ކ. ތުލުސްދޫ
  • ކ. ވިލިނގިލި
  • ވ. ތިނަދޫ
  • ލ. ގަން
  • އައްޑޫސިޓީ

ބީޗް ސްކައުޓުން ފަތުރުވެރިންނާއި މޫދަށް އެރޭ ފަރާތްތަކަށް ބްރީީފިން ދިނުމާއި، އެ ދުވަހެއްގެ މޫސުމާއި ރަށުގެ ވެއްޓާ ބެހޭ މައުލޫމާތާއި މޫދަށް އެރި އުޅުމުގައި ސަލާމަތީ ގޮތުން ހިފަހައްޓަންޖެހޭ މިންގަނޑުތައް ހިފަހައްޓާތޯ ބަލާނެ އެވެ. އަދި މޫދަށް އެރި އުޅުމުގައި ދިމާވާ ހާދިސާތަކުގައި ފުރަތަމަ އެހީ ދޭނެ އެވެ.