ވިޔަފާރި

މިދިޔަ އަހަރު ޑޮލަރު އާމްދަނީ ފަސް ޕަސެންޓް އިތުރު ވެއްޖެ

Jan 11, 2020
2

މިދިޔަ އަހަރު ޓޫރިޒަމް ރަނގަޅުވުމުން ޑޮލަރުން ލިބުނު އާމްދަނީ ފަސް ޕަސެންޓު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބު ތަކުން ދައްކައިފި އެވެ.

މީރާ އިން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ޑޮލަރުން އާމްދަނީގެ ގޮތުގައި 653 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މި އަދަދަކީ ކުރީ އަހަރު ލިބިފައިވާ 623 މިލިއަން ޑޮލަރާ އަޅާ ބަލާނަމަ ގާތްގަނޑަކަށް ފަސް ޕަސެންޓުގެ އިތުރު ވުމެކެވެ.

ޑޮލަރުގެ އާމްދަނީ އިތުރު ވެފައި ވަނީ ޓޫރިޒަމް ރަނގަޅުވުމުގެ ސަބަބުންނެވެ. މިދިޔަ އަހަރު ޓޫރިޒަމުން ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. މި ދާއިރާ އިން ޖުމްލަ ޖީއެސްޓީގެ ގޮތުގައި ފަސް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބިފައިވަނީ 4.7 ބިލިއަން ރުފިޔާ އެވެ.

ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، މިދިޔަ އަހަރު ނިމުނުއިރު 1.7 މިލިއަން ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.