ހަބަރު

ޔޮޓެއްގެ ޑިންގީ ގެއްލިގެން ހޯދަނީ، މީހަކު ނެތް

ބ. ކުޑަރިކިލު ކައިރިން ދަތުރުކުރި ޔޮޓެއްގައި ބޭނުން ކުރަމުން އައި ޑިންގީއެއް ގެއްލިގެން ހޯދަން ފަށައިފި އެވެ. ޑިންގީ ގެއްލުނުއިރު އޭގައި އެއްވެސް މީހަކު ނެތެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ މޭޖާ އިބްރާހިިމް އާޒިމް ވިދާޅުވީ ޔޮޓް، "މިސް ސްކައި" ގައި ބޭނުން ކުރަމުން ދިޔަ ޑިންގީއެއް ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށެވެ.

ޑިންގީ ގެއްލިފައި ވަނީ މިއަދު ހެނދުނު 7:15 އިން ފެށިގެނެވެ. އެއީ ނުވަ މީޓަރުގެ ދިގު އެ ޑިންގީއެކެވެ. އެ ޑިންގީ ގެއްލުނު އިރު އޮތީ ޔޮޓުގެ ކަފުގަ އެވެ.