ހަބަރު

ގޭމް އާއި އެމްއެމްޕީއާރުސީން ކަރަމް އިސްތިއުފާ ދީފި

Jan 12, 2020
5

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އާއި އެމްއެމްޕީއާރްސީގެ ބޯޑުން، އަހުމަދު ކަރަމް އިސްތިއުފާ ދެއްވައިފި އެވެ.

ގޭމް އުފެއްދުމުގައި ވެސް އެންމެ އިސް ދައުރެއް އަދާ ކުރެއްވި، އަދި ރައީސްގެ މަގާމުގައި ހުންނެވި ކަރަމްއަކީ ދައުލަތުގެ މާކެޓިން ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޯޑުގައި ގެސްޓްހައުސް ތަމްސީލް ކުރައްވާ ފަރާތެވެ. އޭނާއަކީ އެމްއެމްޕީއާރްސީ ބޯޑުގެ އިންޓެރިމް ޗެއާމަން ވެސް މެއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަރަމް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވާ ގޮތުން، ދެ މަގާމުން އިސްތިއުފާ ދެއްވީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އއ. ތޮއްޑޫ ރަށު ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަ ކުރެއްވުމަށް ކަމަށެވެ.

ކަރަމް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ބޯޑާއި ގޭމްގެ ރައީސްގެ މަގާމުގައި ކައުންސިލް އިންތިހާބު ނިމެންދެން އޭނާ އަށް ހުންނެވިދާނެ ކަމަށާ، ނަމަވެސް އެގޮތަށް ކަންތައް ކުރަން ބޭނުންފުޅު ނުވީ ކަމަށެވެ.