ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަން ގޮސް ތިބި ދެ ފަތުރުވެރިއެއްގެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ އެއާޕޯޓް އޭވިއޭޝަންގެ އޮފިސަރަކަށް އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ވީއައިއޭ އަށް ފުރަން ގޮއްސަ ތިބި ސުވިޒަލެންޑުގެ ދެ ފިރިހެން ފަތުރުވެރިއެއްގެ ދަބަސް ޗެކް ކުރުމަށް އެއާޕޮޓުގެ އޭވިއޭޝަން ސެކިއުރިޓީ އެދުމުން އެކަމަށް އިންކާރުކޮށް ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މައްސަލަ އެއް ތަހްގީގު ކުރަމުންދާ ކަމަށެވެ.
ނަމަވެސް މި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް އޮފިސަރު ވިދާޅުވެފަ އެވެ. އަދި މި މައްސަލަ މިހާރު ތަހްގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އިތުރަށް ބުނީ އެ އިންޒާރު ދިން ދެ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަަމަށް ޝައްކު ކުރެވޭ ކަމަށެވެ. އަދި ދެ ތިބީ ޑިޓެންޝަންގައި ކަމެއް އަދި ސާފެއް ނުވެ އެވެ.