ވިޔަފާރި

އެސްޓީއޯ އިން ޑެވޮންޑެލް ޕްރޮމޯޝަން ފަށައިފި

Jan 13, 2020

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޑެވޮންޑެލްގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ބެކް ޓު ސްކޫލް" ގެ ނަމުގައި އެސްޓިއޯ ސުޕަ މާކެޓިގައި ފެށި މި ޕްރޮމޯޝަން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރި އަށް ދާނެ އެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި އެސްޓީއޯ ސުޕަމާޓުން ވިއްކާ ޑެވޮންޑެލް ފުލް ކްރީމް 200 އެމްއެލް ޕެކެޓުގެ ކޭހެއް ގަތުމުން އިނާމެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި 24 ޕެކެޓް ހިމެނޭ ޑެވޮންޑެލް ފުލް ކްރީމް ކޭހެއް 170 ރުފިޔާ އަށް ލިބޭނެ ކަމަށް ވެސް އެސްއީއޯއިން ބުންޏެވެ.

އެސްޓީއޯ އިން ވިއްކާ ޑެވޮންޑެލް ކިރަކީ ސްކޫލް ކުދިން ހެނދުގެ ނާސްތާގައި ގިނަ އަދަދަކަށް ބޭނުންކުރާ އުފެއްދުމެވެ. މިއީ އޮސްޓްރޭލިއާގެ މޮޅު އުފެއްދުމެކެވެ.