ހަބަރު

މަރަދޫ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށް ނަގައިފި

ސ. މަރަދޫ މަރަދޫގައި ހުންނަ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށް ނެގި މައްސަލަ އެއް ފެންމަތިވެއްޖެ އެވެ.

މި މައްސަލަ ފެންމަތިވި އިރު ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އަައްޑު އަތޮޅުގައި ހިންގާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވަނީ އިއްޔެ ވަނީ ތުހުމަތު ކުރަައްވާފަ އެވެ.

ފުލުުހުން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫގައި ހުންނަ ދަމަނަވެށިން ވައްކަން ކޮށްފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މަރަދޫ ދަމަނަ ވެށިން ވަގަށް ނަގާފައި ވަނީ ވެކްސިން ޖެހިކަން އަންގައިދިނުމަށް ޖަހާ ތައްގަނޑާއި ރަސްމީ ލިޔެކިޔުންތަކަކާއި އެ ލިޔުންތައް ބަލަހައްޓަން ބޭނުން ކުރި ކޮމްޕިއުޓަރުގެ ސީޕީޔޫ އެވެ. މިއީ އެ ރަށުގެ ދަމަނަވެށިން ވައްކަން ކުރި ތިންވަނަ ފަހަރެވެ.

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި، މިހާރު ފެތުރެމުންދާތީ ހުރިހާ ވެކްސިނެއް ހަމައަށް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވަނީ ގޮވާލާފަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ރާއްޖޭގެ ރަށެއްގައި ކުޑަކުދިންތަކަކަށް ވެކްސިން ނުޖަހާ މައްސަލައެއް ވެސް ފެންމަތިވެފައި ވެއެވެ. އަދި ވެކްސިން ދޭން ދެކޮޅު ހެދި އާއިލާތަކުގެ ކުދިން މިހާރު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.