ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހެރެތެރެ ކަރަންޓީނުން ފިލި މީހުންގެ ބަންދަށް 15 ދުވަސް

އައްޑޫ ސިޓީ ހެރެތެރެ ރިިސޯޓުގައި ކަރަންޓީނު ކޮށްފައި ތިއްބާ ފިލައިގެން ދިޔަ ފަސް މީހުންގެ ބަންދަަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން މިއަދު ބުނީ، ހެރެތެރެ ރިސޯޓު ކަރަންޓީނު ފެސިލިޓީ އިން ރޭ ފިލައިގެން ދިޔުމުން ހައްޔަރު ކުރި ފަސް މީހުންގެ ބަންދާމެދު ގޮތް ނިންމުމަށް ހުޅުމީދޫ ކޯޓަށް ގެންދިއުމުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

ކަރަންޓީނު ކޮށްފައި ތިއްބާ އެ ފަސް މީހުން ފިލާފައިވަނީ އިއްޔެ އެވެ. އެ މީހުންގެ ތެރެއިން ތިން މީހަކު ރޭ ހައްޔަރު ކޮށްފައިވާއިރު ބާކީ ތިބި ދެ މީހުން ހައްޔަރު ކުރީ ރޭ ފަތިހު އެވެ.

މިއީ މިފަދަ ގޮތަކަށް ކަރަންޓީނު ފެސިލީޓީއަކުން ބަޔަކު ފިލި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބައެއް ރިސޯޓްތައް ބަންދު ކޮށްފައި ވަނިކޮށް ރިސޯޓްތަކުން މީހުން ވަގަށް ފޭބުމުގެ ސަބަބުން ހައްޔަރު ކޮށްފައި އެބަ ހުއްޓެވެ. އަދި ވަގަށް ރަށްރަށަށް އަރަނިކޮށް ވެސް މީހުން ހައްޔަރު ކޮށްފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭ އާއި އެ ރަށެއްގެ ޓާސްްކްފޯހުގެ ހުއްދައެއް ނެތި އެއް ރަަށުން އަނެއް ރަށަށް މީހުން ދިއުން ވަނީ މަނާކޮށްފަ އެވެ.