ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރިސޯޓު މުވައްޒަފުން ގޮވައިގެން ރަށަށް ދިޔަ ކައްޕިއަކު ހައްޔަރުކޮށްފި

ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖެ ލޮކްޑައުން ކޮށްފައިވަނިކޮށް އެޗްޕީއޭގެ ހުއްދަ ނުހޯދައި ރިސޯޓު މުވައްޒަފުންތަކެއް ގޮވައިގެން ދަތުރުކުރި ލޯންޗުގެ ކެޕްޓަން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މުޅި ރާއްޖެ ލޮކް ޑައުން ކޮށްފައި ވަނިކޮށް ދައުލަތުގެ އިދާރާތަކުން ނަގަންޖެހޭ ހުއްދަ ނުނަގައި ރިސޯޓަކުން މުވައްޒަފުންތަކެއް ގޮވައިގެން މިއަދު ހެނދުނު އައްޑޫ ސިޓީ ހިތަދޫ އަށް ދަތުރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިމައްސަލާގައި މުވައްޒަފުން ގެނައި ލޯންޗުގެ ކެޕްޓަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.

ލޮކްޑައުންއާ ހިލާފުވެގެން ރޭގެ ވަގުތެއްގައި 74 މީހަކުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ރާއްޖެއިން މިހާތަނަށް 34 މީހަކު ވަނީ މި ބައްޔަށް ޕޮސިޓިވް ވެފަ އެވެ. އޭގެ ތެރެއިން 14 މީހުންނަކީ މާލެ ތެރެއިން ޕޮސިޓިވް ވި މީހުންނެވެ.