އޮލިމްޕަސް

އޮލިމްޕަސް ކުއްޔަށް ދޫކުރަން އާ އުސޫލެއް ނެރެފި

Jan 13, 2020

އޮލިމްޕަސް ސިނަމާ ކުއްޔަށް ދޫކުރުމުގެ އާ އުސޫލެއް އާންމު ކޮށްފި އެވެ.

އެންސީއޭއިން މިއަދު އާންމު ކޮށްފައިވާ އެ އުސޫލުގައި ކުއްޔަށްހިފާ ފަރާތުގެ މަސްއޫލިއްޔަތާއި، އޮލިމްޕަސް ކުއްޔަށް ދޫކުރާނެ ގޮތާއި، ފިލްމު އެޅުވުމަށް ކުއްޔަށް ދޫކުރުމާއި، އޮލިމްޕަސް ކުއްޔަށް ނެގުމަށްފަހު ފައިސާ ދެއްކުމާއި، ދުރާލާ ބްކް ކުރެވޭނެ ގޮތާއި، އޮލިމްޕަހުގެ ކުއްޔާއި، ކުއްޔަށް ނެގޭނެ މުއްދަތުތައް ވެސް ބަޔާން ކޮށްފައި ވެއެވެ.

އާ އުސޫލު ބުނާ ތުން ފިލްމު ދައްކަން އޮލިމްޕަސް ކުއްޔަށް ދޫކުރާނީ ދުވާލަކު އެއް ޝޯ ދައްކާށެވެ. އެއަށްވުރެ އިތުރަށް ދައްކަން ބޭނުން ނަމަ އެޕްލިކޭޝަން ފޯމްގައި އެކަން ބަޔާންކޮށް، އެގްރީމަންޓްގައި އެކަން ހިމަނަން ޖެހޭނެ އެވެ.

ދިވެހި ފިލްމުތައް ދައްކަން އޮލިމްޕަސް ބުކް ކުރެވޭނީ ކުލީގެ 50 ޕަސެންޓް ދެއްކުމަށް ފަހު އެވެ. ކުއްޔަށް ހިފާ ފަރާތް އުސޫލާ ހިލާފު ވެއްޖެނަމަ ރިފަންޑަބަލް ޑިޕޮސިޓްގެ ގޮތުގައި ދައްކާ 3000 ރުފިޔާ އަނބުރާ ނުދޭނެ އެވެ.

މީގެ އިތުރުން ފިލްމު ދައްކަން ދުރާލާ ދުވަސްތަކެއް ބުކް ކުރެވިދާނެ ކަމަށާައި އެގޮތަށް ބުކް ކުރެވޭނީ ފިލްމު އެޅުވުމަށް ކަނޑައަޅާފައިވާ ތާރީހުގެ ހަ މަސް ކުރިން ގިނަ ވެގެން 18 ދުވަހަށް ކަމަށް ވެސް އާ އުސޫލުގައި ވެއެވެ.

ފިލްމު ދައްކަން ހަމައެކަނި ހަފުތާ ބަންދުގެ ދުވަސްތައް ހިފާ ނަމަ އެއް ފިލްމަކަށް އެންމެ ގިނަ ވެގެން ދޫކުރާނީ އެއް ހަފުތާ ބަންދެވެ. އަދި ބުކިން ހެދޭނީ އެއް ހަފުތާ ކުރިން ކުލީގެ ފައިސާ އާއި ރިފަންޑަބަލް ޑިޕޮސިޓް ދައްކާ އެއްބަސްވުން ހެދުމުންނެވެ.

އާ އުސޫލުގައިވާ ގޮތުން އޮލިމްޕަހުގެ ކުއްޔަކީ ދިވެހި ފިލްމެއް ދެއްކުމަށް ޝޯއަކަށް 2000 ރުފިޔާ އެވެ. ބޭރުގެ އުފެއްދުމެއް ދެއްކުމަށް 6000 ރުފިޔާ އެވެ. އަދި އެވޯޑް ޝޯތައް ނުވަތަ ފެސްޓިވަލް ބޭއްވުމަށް ޝޯއަކަށް 5000 ރުފިޔާ އެވެ. ތަމްސީލާއި މިއުޒިކް ނަމަ، ޝޯ އަކަށް 2000 ރުފިޔާ އެވެ.

އޮލިމްޕަހުގެ ކުލި

  • ދިވެހި ފިލްމު ދެއްކުމަށް ޝޯއަކަށް 2000 ރުފިޔާ
  • ބޭރު ފިލްމެއް ދެއްކުމަށް ޝޯއަކަށް 6000 ރުފިޔާ
  • އެވޯޑް ހަފްލާއަކަށް 5000 ރުފިޔާ
  • ފެސްޓިވަލަކަށް 5000 ރުފިޔާ
  • ތަމްސީލް ޝޯއެއް ބޭއްވުމަށް 2000 ރުފިޔާ
  • މިއުޒިކް ޝޯއެއް ބޭއްވުމަށް 2000 ރުފިޔާ
  • ޖަލްސާ، ސެމިނާ އަދި ޕްރެޒެންޜޭޝަނެއް ދިނުމަށް ދުވާލަކަށް 5000 ރުފިޔާ
  • ސަރުކާރުގެ ހަފުލާތަކަށް 5000 ރުފިޔާ
  • އޮލިމްޕަސް ބެކްޔާޑް އިވެންޓަށް ދުވާލަކަށް 1500 ރުފިޔާ
  • އިވެންޓަށް ހޯލް ތައްޔާރު ކުރުމަށް ދުވާލަކަށް 2500 ރުފިޔާ
  • ހަފުތާ ބަންދަށް ކުއްޔަށް ހިފާ ޝޯތަކަށް 4000 ރުފިޔާ

މި އުސޫލުގައި ބުނާ ގޮތުން އެންސީއޭއިން ހިންގާ ހަރަކާތްތަކާއި، ސަރުކާރާއި އަމިއްލަ ފަރާތްތަކުން އެންސީއޭއާއި ގުޅިގެން އޮލިމްޕަހުގައި ހިންގާ އެކި ހަރަކާތްތަކަށް އަގު ނެގުމަށާއި ނުނެގުމަށް އެ އުސޫލު ހުރަހެއް ނާޅަ އެވެ.

އްޔަށް ދޫކޮށްފައިވާ ދުވަސްތަކުގައި ނުވަތަ އޭގެ ތެރެެއިން ދުވަހެއްގައި ގުދުރަތީ ކާރިސާއެއް ނުވަތަ ކުއްލި ހާލަތެއް މެދުވެރި ވެގެން އޮލިމްޕަސް ބޭނުން ވެއްޖެ ހިނދެއްގައި، ކުއްޔަށް ހިފާ ފަރާތައް އެކަން ލިޔުމަކުން އެންގުމަށްފަހު އޮލިމްޕަސް ނެގުމުގެ އިހުތިޔާރު އެންސީއޭއަށް ލިބެ އެވެ.