މުހައްމަދު އަބޫކަރު (މާއެނބޫ) ގެ ޑައިރެކްްޝަނުގެ ދަށުން ނެރޭ ފިލްމު "ކާކު؟" އަންނަ ސެޕްޓެމްބަރު މަހުގެ 24 ގައި އޮލިމްޕަހުގައި އަޅުވަން ނިންމައިފި އެވެ.
މާއެނބޫގެ ވާހަކައަކަ، އަދި މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމަކީ ލޯބީގެ ބިރުވެރި ފިލްމެއް ކަމަށް އެ ފިލްމުގެ ޓީމުން ބުނެ އެވެ. ރިލީޒް ކުރާ ތާރީހާއެކު ވަނީ ފިލްމުގެ ކުރު ޓީޒާއެއް ވެސް ދަައްކާފަ އެވެ.
ޓީޒާގައި ފިލްމުގެ ގިނަ ކާސްޓުން ފެންނަ އިރު ބިރުވެރި ފިލްމުތަކުގައި އާއްމުކޮށް ފެންނަ ކަހަލަ މަންޒަރުތަކެއް ފެނެ އެެވެ. ސިއްސައިގެންދާ "ޖަމްޕް ސްކެއާސް" އާއި ފާޑުފާޑުގެ ހިޔަނި ތައްވެސް ފެނެ އެވެ. ޓީޒާއިން ފެންނަ ގޮތުގައި އެ އެންމެންނަށް ވެސް ބިރުވެރިކަމާ ކުރިމަތިވެ އެވެ. އަަދި މިކަމުން ސަލާމަތްވާނީ ކާކުތޯ ވެސް ސުވާލު ކުރެ އެވެ.
މީ ޕްްރޮޑަކްޝަންގެ މި ފިލްމުގެ ލީޑް ކާސްޓުންގެ ތެރޭގައި ދާއިރާއަށް އާ ތަރިން ހިމެނެ އެވެ. އައިޝަތު ޔާސިރާ އަދި އިރުފާނާ އިބްރާހިމްގެ އިތުރުން އިބްރާހީމް ސޮބާހު (ކުޑަ ސޮބާ)، އަދި ހާމިދު އަލީ ވެސް ފެނެ އެވެ.
ފިލްމުގެ ޓިކެޓުު ވެސް މިހާރު ވިއްކަން ވަނީ ފަށާފަ އެވެ.
އޮލިމްޕަހުގައި މިހާރު ދައްކަނީ އަންގާރަ ދުވަހުގެ ރޭ ޕްރިމިއާ ކުރި އަބްދުﷲ މުއާޒްގެ ފިލްމު "ލީނާ" އެވެ. ސެޕްޓެމްބަރު މަހުގެ 24 ގައި "ކާކު؟" އަޅުވަން ނިންމި އިރު، އެ މަހުގެ 2 ގައި އިލްޔާސް ވަހީދުގެ "ބަވަތި" ވެސް ރިލީޒް ކުރާނެ އެވެ.