ހަބަރު

ބިދޭސީންވެސް ވެކްސިން ޖަހަން ލާޒިމް ކުރަނީ

މާލޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީންތަކެއް: ބިދޭސީންވެސް ވެކްސިން ޖެހުމަށް ލާޒިމްކުރަން ވަނީ ނިންމާފައި --
0%
0%
0%

ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މީހަކީވެސް ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދޭންޖެހޭ ވެކްސިންތައް ދީފައިވާ މީހަކަށްވުމަށް ލާޒިމް ކުރަން ބޭނުންވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް އިއުލާނު ކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ކަންބޮޑުވާ މައްސަަލައެއް ކަމަށާ ރާއްޖޭގައި މަސައްކަތް ކުރާ ބައެއްގެ ސަބަބުން މުޖްތަމައަށް ނުރައްކަލެއް ނެތް ކަން ޔަގީން ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ރާއްޖޭގައި މަސައްކަތް ކުރެވޭ ކޮންމެ މީހަކީވެސް ރާއްޖެއިން ނައްތާލެވިފައި ހުރި ބަލިތަކާ އަދި ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދޭންޖެހޭ ވެކްސިންތައް ދީފައިވާ ބަޔަކަށްވުމަށް ލާޒިމް ކުރަން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އޮތްތާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދުގެ ބައްދަލްވުމުގައި -- ސަލްވީން | އަވަސް

"އަޅުގަނޑުމެން ލާޒިމްކުރަން ބޭނުންވޭ ރާއްޖޭގައި މަސައްކަތް ކުރެވޭ ކޮންމެ މީހަކީވެސް ރާއްޖެއިން ނައްތާލެވިފައި ހުރި ބަލިތަކާ އަދި ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދޭންޖެހޭ ވެކްސިންތައް ދީފައިވާ ބަޔަކަށްވުމަށް. އެކަންކަން ލާޒިމުކުރުމުގައި ވިސާ ދޭ ޕްރޮސަސްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރާނަން. އެހެން ނަމަވެސް މިވަގުތު އަޅުގަނޑުމެންގެ އަސާސީ އަމާޒު މިހުރީ މިހާރު މި ކުރިމަތިވެފައިވާ މައްސަލަ އާދަޔާ ހިލާފަށް ބޮޑުވުމުގެ ކުރިން އެކަންކަން ހައްލުކޮށް، ދެން ކުރިމަތިވެދާނެ ކަންތައްތަކަށް ވިސްނައިގެން މަސައްކަތް ކުުރުން." އަމީން ވިދާޅުވިއެވެ.

ރާއްޖޭގައި އެތައް ހާސް ބިދޭސީންނެއް އުޅެމުން ގެންދާއިރު، ބިދޭސީންގެ އަމަލުތަކުގެ ސަބަބުން ތަފާތު ބަލިތައް ފެތުރޭކަމަށް ބައެއް މީހުން ދެކެއެވެ. ބިދޭސީންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އަދި ގަވާއިދާ ހިލާފަށް ރާއްޖެ އައިސް އުޅޭ ބިދޭސީންގެ ސަބަބުން މުޖްތަމައުގައި ބަލި ފެތުރެމުންދާ ކަމުގެ ޝަކުވާއަކީ އާންމު ޝަކުވާއެކެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910