ހަބަރު

އިތުރު މީހަކު ހިމަބިއްސަކަށް ޕޮޒިޓިވް ނުވޭ

Jan 15, 2020
1
ވެކްސިން ޖެހުމުގެ ހިދުމަތްދޭ ދަމަނަވެށި: އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވް ނުވޭ -- ސަލްވީން އަބްދުލް ހަމީދު | އަވަސް
0%
0%
0%

މިހާތަނަށް ހެދި ޓެސްޓުތަކުން އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައި ނުވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ހިމަބިހި ފެތުރެމުންދާތީ އެ ބައްޔަށް ޓެސްޓު ކުރުން ވެސް އިތުރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު 15 މީހަކު އެ ބައްޔަށް ޓެސްޓު ކުރި ނަމަވެސް އެއްވެސް މީހަކު ޕޮޒިޓިވް ވެފައި ނުވާ ކަމަށް އަމީން ވިދާޅުވި އެވެ.

"އިތުރު މީހަކު [ހިމަބިހި] ބައްޔަށް ޕޮޒިޓިވް ނުވޭ، ހުރިހާ އެންމެން ނެގެޓިވް. އެކަމަކު މި ނިމުނީކީ ނޫން. ޓެސްޓު ކުރެވުނު ފަރާތްތައް ވެސް އަލުން ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ހިމަބިއްސަށް ޝައްކުވެ އެންމެ ފުރަތަމަ ޓެސްޓު ކޮށް ޕޮޒިޓިވް ވީ ތިން އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެއަށްފަހު 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިން ވެސް އެ ބަލި ފެނިފައިވެ އެވެ. އަދި އިއްޔެ ވެސް އިތުރު މީހަކު އެ ބައްޔަށް ޕޮޒިޓިވްވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910