ކަނޑުމަތީގެ ހާދިސާ

އެކްސިޑެންޓުގައި އަނިޔާވީ ފަސް މީހަކަށް، ބޮޑު އަނިޔާއެއް ނެތް

ފެރީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ފަސް މީހަކަށް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިރޭ 21:40 އެހާކަންހާއިރު ހުޅުލެ، ނެރު ކައިރިން އެއާޕޯޓްގެ ފެރީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި ފަސް މީހަކަށް އަނިޔާވެފައިވާވާތީ އެމީހުން އައިޖީއެމްއެޗަށް ގެންގޮސް މިހާރު ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.

މި އެކްސިޑެންޓާ ގުޅިގެން އެެއާޕޯޓް ފެރީގައި ތިބި އަންހެން ހަތަރު ފަތުރުވެރިއަކަށް އަދި ލޯންޗުގައި ހުރި ދިވެހި ފިިރިހެންކަަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވަނީ ސީރިއަސް އަނިޔާތަކެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.