ވިޔަފާރި

ޑޮމެސްޓިކް ޓާމިނަލް ކައިރި އަށް ކޮސްޓަ ކޮފީ

Jan 15, 2020

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލް ކައިރީގައި ކޮސްޓާ ކޮފީ އައުޓް ލެޓެއް ހުޅުވައިފި އެވެ.

އެމްއޭސީއެލްގެ މެނޭޖަރު ހަސަން އަރީފު ވިދާޅުވީ ކޮންސްޓް ކޮފީގެ އައުޓްލެޓެއް ހުޅުވީ ފަސިންޖަރުންނަށް ދޭ ހިދުމަތްތައް ރަނގަޅު ކުރަން ކަމަށެވެ.

ޑޮމެސްޓިކް ޓާމިނަލް ކުރިމަތީ ހުންނަ ވޯޓަ ފްރަންޓް ރެސްޓޯރެންޓުގެ ތިރީގައި ކޮސްޓާ ކޮފީގެ އައުޓްލެޓެއް ހުޅުވިއިރު، ވޯޓާ ފްރަންޓު ރެސްޓޯރެންޓުގައި ވެސް ކޮސްޓަ ކޮފީ ރެސްޓޯރެންޓެއް ހުރެ އެވެ.

ވީއައިއޭއަކީ ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑު ތަކެއްގެ ފުޓް އައުޓްލެޓް ހުންނަ ތަނެކެވެ. އެއާޕޯޓުގައި ފާސްޓް ފުޑް ގިނަ ރެސްޓޯރެންޓު ތަކެއް ވެސް ހުރެ އެވެ.