ހަބަރު

މީހެއްގެ ކޭޝްކާޑުން ވަގަށް ފައިސާ ނެގި މީހަކު ހައްޔަރުކޮށްފި

Jan 14, 2020
1
ވަގަށް ނެގި ކޭޝްކާޑު މޫދުން ނަގާ ދައްކާލަނީ -- ފޮޓޯ: ޕޮލިސް
100%
0%
0%

މީހެއްގެ ދަބަހުން ކޭޝްކާޑެއް ވަގަށް ނަގައި އެ ބޭނުން ކޮށްގެން ފައިސާތަކެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ގއ. ކަނޑުހުޅުދޫ ގައި ދުއްވާ ދޯންޏެއްގައި މަސައްކަތް ކުރާ މީހެއްގެ ދަބަސް ތެރޭގައި އޮތް ވޮލެޓަކުން ކޭޝް ކާޑެއް ވަގަށް ނަގައި، އެ ކާޑު ބެނުން ކޮށްގެން 6000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ.

އަދި ބުނީ ވައްކަމުގެ އެ މައްސަލަ އިއްޔެ ރިޕޯޓް ކުރުމުން ތުހުމަތު ކުރެވުނު މީހަކު އެ އަތޮޅު ވިލިނގިލީ ޖެޓީއަށް ޑިންގީ އެއްގައި ކައިރިކުރި ވަގުތު ބަލައި ފާސްކޮށްފައިވާ ކަމަށައި ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 5590 ރުފިޔާ އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.

އަދި ވަގަށް ނެގި ކޭޝް ކާޑު މޫދަށް އެއްލާލާފައި އޮއްވާ ފުލުހުން ހޯދާފައިވާ ކަމަށް ވެސް ބުންޏެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަހުމަދު ނަސީމް

އަޅުގަނޑަށް ވެސް ބަޔަ ކު ވަނީ އޮޅުވާލައިގެން ފޭރިފަ. މައްސަލަ ވެސް ހުށައެޅިން. އުންމީދު ކުރަން އަވަހަށް އެމައްސަލަ ހައްލުވެ ހައްޤު ލިބޭނެ ކަމަށް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345