ވެކްސިން ދިނުމާ ދެކޮޅަށް އާންމުނަށް މައުލޫމާތު ދޭ ވައިބާ ގްރޫޕެއްގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ވެކްސިން ޖެހުމާ ދެކޮޅަށް މައުލޫމާތު ދޭ ވައިބާ ގްރޫޕެއް ހަދައިގެން އުޅޭ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައި ވަނީ މިދިޔަ އަހަރު ކަމަށާއި އެކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.
ފުލުހުން މިހެން ބުނީ ބަޔަކު ކުދިންނަށް ވެކްސިން ޖެހުމާ ދެކޮޅު ހަދާ ގިނަ މައްސަލަތަކެއް ފަހަކަށް އައިސް ފެންމަތިވެފައި ވަނިކޮށެވެ.