ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ސަރުކާރުގެ ނުފޫޒުން މިނިވަންވެ، ރައްޔިތުންނަށް ހިދުމަތްކުރަން ލިބޭ ރަނުގެ ފުުރުސަތެއް ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ އާންމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ތަގުރީރު ކުރައްވަން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދު ތަފްސީލުތައް ނުދީގެ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ހުށައަޅާފައިވާތީ އެކަމާ ގުޅޭގޮތުން އަވަސް ގައި ލިޔެފައިވާ ހަބަރެއް ޝެއާ ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
އެކަމަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ އާންމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ތަގުރީރު ކުރައްވަން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދު ތަފްސީލުތައް ނުދީގެ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހުށައަޅަން ޖެހުމަކީ ޒީރޯ ޓޮލެރަންސްއާ ގުޅޭގޮތުން ދެވުނު ގޯސް މެސެޖެއް ކަމަށެވެ.
އަދި ތެދުވެރިކަން ސާބިތުކޮށްދެއްވަންވާނީ އަމަލުން ކަމަށް ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ ކައުސިލް އިންތިހާބުގައި ހުސް ވައުދުތަކާއި އޮމާން ވާހަކަތަކަށް ރައްޔިތުން ސަމާލުކަން ދޭންޖެހެނީ މިހެން ވެގެން ކަމަށެވެ.
"މިއީ ސަރުކާރުގެ ނުފޫޒުން މިނިވަންވެ، ހިދުމަތްކުރަން ލިބޭ ރަނުގެ ފުުރުސަތެއް." ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕާޓީތަކަށް ގޮޑިތައް ދިނުމަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.
އައިކޮމްގެ އޮފިޝަލަކު ވިދާޅުވީ ރައީސް ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުގެ ތަފްސީލު ހޯދަން އާންމު ފަރާތަކުން އެދުމުން އެ ފަރާތަށް އެ މައުލޫމާތު ހިއްސާ ކޮށްފައިނުވާތީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ ދަތުރުފުޅުގެ ހަރަދުގެ ތަފްސީލު ހޯދަން އައިކޮމްއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.
ބޮޑު ވަފްދަކާއެކު ރައީސް އެމެރިކާއަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 އިން 30 އަށެވެ.