ޑރ. މުހައްމަދު ޖަމީލް އަހުމަދު

އިތުރު ވައުދުވެ ހިނިފުޅުވަޑުވާކަށް އަދި ނުވޭ: ޖަމީލް

ޖަޒީރާ ރާއްޖެ އާއި އެޖެންޑާ19 އަދި ރަށްވެހި ފަތިސް އައީ ހަމައެކަނި ސަރުކާރު ހިންގާ އެމްޑީޕީއަށް ކަމަށް ވިދާޅުވެ ސަރުކާރާއި އެމްޑީޕީއަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އާންމު ރައްޔިތުން ކޮވިޑްގައި ހަނާވެ ނިމިއްޖެ ކަމަށެވެ. އަދި ޖަޒީރާ ރާއްޖެ އާއި އެޖެންޑާ19 އަދި ރަށްވެހި ފަތިސް އައީ ހަމައެކަނި ސަރުކާރު ހިންގާ އެމްޑީޕީއަށް ކަމަށް ވިދާޅުވެ ހީލަތަކަށްފަހު ހީލަތެއް ހަދަމުންދާ ކަމަށެވެ.

"ވައުދުތަައް ރީސައިކަލްކުރުމުގައި. ވައުދު ސެޓުން ވޯޓުހޯދައި، ޕާޓީ ބޮޑުން ޖީބު ފުރުމާއި ގައުމު ނީލަން ކިޔުން ނޫން ކަމެއް ނުކުރޭ،" އެމްޑީޕީގެ ކެންޕެއިނަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހް ކުރިއަށް ގެންދަވާ ރަށްވެހި ފަތިސް ކެންޕެއިނަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ ރައީސް ސޯލިހް ކޮންމެ ރެއަކު ފެންނަނީ "މިޝަން އެކޮމްޕްލިޝް" ވެފައި ހުންނަވާތަން ކަމަށެވެ.

"ކުރިން އެޅީ އަސްލު ކަރުނަ ނަމަ އުޑުން ތަރި ނުބާލައި ހާލަތުގެ ޗާޖު ނަގައި ނިޔާވި، ކިޔެވުން ގެއްލުނު އަދި ބަނގުރޫޓްވި ފަރާތްތަކުގެ ހައްގުގައި ލީޑުކުރައްވަންވީ. އިތުރު ވައުދުވެ ހިނިފުޅުވަޑުވާކަށް އަދި ނުވޭ،" އިންތިހާބާ ދިމާކޮށް ސަރުކާރުން ވަމުންދާ ވައުދުތަކަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.