ހަބަރު

ރިސޯޓެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީ ސައުތު ޕާމް ރިސޯޓުގައި މަސައްކަތް ކުރަމުން އައި ދިވެހި މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ސައުތު ޕާމްގެ އެ މުވައްޒަފު ވަޒީފާއަށް ނުނުކުމެގެން ބެލި އިރު، އޭނާ ނިދާ ކޮޓަރީގައި ހަރަކާތެއް ނެތިފައި އޮތުމުން އޭނާ ހުޅުމީދޫ ހެލްތު ސެންޓަރަށް ދިޔަ ކަމަށައި އެ މަރުކަޒަށް ގެންދި ޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

މަރުވެފައިވަނީ 48 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުގައި އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ. އެ މީހާއަކީ އެ ރިސޯޓުގެ ސެކިއުރިޓީ މެނޭޖަރު ކަމަށް ވެއެވެ.