އެޑްވަޓޯރިއަލް

ހުޅުވަންވީ ސީބީއެމް ޕަވާ ސޭވިން އެކައުންޓެއް

Jan 20, 2020
1

ރާއްޖޭގައި ހިދުމަތް ދޭ ބޭންކްތަކުގެ ތެރެއިން އެންމެ ތަފާތު ޕްރޮޑަކްޓްތައް ހުރި އެއް ބޭންކްއަކީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އެވެ. އެ ބޭންކް ހުޅުވިތާ މާގިނަ ދުވަހެއް ނުވިނަމަވެސް ތަފާތު ޕްރޮޑަކްޓްތައް ތައާރަފުކޮށްފައިވެ އެވެ. މީގެތެރޭގައި ޒުވާނުންނާއި ކުޑަކުދިން އަދި އަންހެނުންގެ އިތުރުން އިސް ރައްވެހިންނަށް ހާއްސަ ޕްރޮޑަކްޓްތައް ވެސް ހިމެނެ އެވެ. މީގެ ތެރެއިން އެއް ޕްރޮޑަކްޓްއަކީ ސީބީއެމްގެ ޕަވާ ސޭވިން އެކައުންޓް އެވެ. މިއީ ފަހަށް ރައްކާ ކުރަން ވަސީލަތެކެވެ.

ޕަވާ ސޭވިން އެކައުންޓް އަކީ ކޮބާ؟

އާއްމުކޮށް ހުންނަ، ސޭވިންގް އެކައުންޓް އަކަށް ވުރެ ސީބީއެމްގެ "ޕަވާ ސޭވިން އެކައުންޓެއް" ގެ އިންޓްރެސްޓް ރޭޓް މައްޗެވެ. މި އެކައުންޓުގައި އިންޓްރެސްޓް ކަލްކިއުލޭޓް ކުރާނީ ކޮންމެ ދުވަހެއްގެ ބެލެންސް ބެލުމަށްފަހު މަހެއްގެ މައްޗަށް އެކައުންޓަށް އިތުރުވާނެ ގޮތަށެވެ. މި އެކައުންޓު ހުޅުވުމުން އޮންލައިން ބޭންކިންގެ ހިދުމަތާއި މޯބައިލް ބޭންކިން މެދުވެރިކޮށް ވެސް ޕަވާ ސޭވިން އެކައުންޓުން ފައިސާ މުއާމަލާތްތައް ކުރި އަށް ގެންދެވޭނެ އެވެ.

ސީބީއެމް ޕަވާ ސޭވިން އެކައުންޓު ޑޮލަރު އެކައުންޓާއި ރުފިޔާ އިން ވެސް ހުޅުވޭނެ އެވެ. އަދި ރުފިޔާ އާއި ޑޮލަރުން ހުޅުވާ ނަމަވެސް އިންޓްރެސްޓް ރޭޓް ތަފާތު ވާނެ އެވެ.

ރުފިޔާ އެކައުންޓް

  • ބެލެންސްގެ ގޮތުގައި 250،000 އަށް ވުރެ ގިނަ ނަމަ: 2.50 ޕަސެންޓް
  • 50،000 އާއި 250،000ގެ ބެލެންސް އެއް ނަމަ: 2.25 ޕަސެންޓް
  • 50،000 އަށް ވުރެ ދަށުގެ ބެލެންސް އެއް ނަމަ: 2.0 ޕަސެންޓް

ޑޮލަރު އެކައުންޓް

  • ބެލެންސްގެ ގޮތުގައި 25،000 އަށް ވުރެ ގިނަ ނަމަ: 2.25 ޕަސެންޓް
  • 5000 އާއި ،25،000ގެ ބެލެންސް އެއް ނަމަ: 2.00 ޕަސެންޓް
  • 5000 އަށް ވުރެ ދަށުގެ ބެލެންސް އެއް ނަމަ: 1.75 ޕަސެންޓް

އެލިޖިބަލް ވަނީ ކޮން ބަޔަކަށް؟

ސީބީއެމްގެ ޕަވާ ސޭވިން އެކައުންޓް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ފަސޭހަކަމާއެކު ހުޅުވޭނެ އެވެ. މި އެކައުންޓު ހުޅުވުމުގެ ފުރުސަތު 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް ލިބޭނެ އެވެ. ދިވެހި ރައްޔިތެއް ނޫން ނަމަ، ސައްހަ ވޯކް ޕާމިޓެއް ބޭނުންވާނެ އެވެ. މީގެ އިތުރުން ވަޒީފާ އެއްގައި އުޅޭ ކަމުގެ ލިޔުމެއް ވަޒީފާ ދޭ ފަރާތުން ބޭނުން ވާނެ އެވެ.

ޕަވާ ސޭވިން އެކައުންޓަށް ޑިޕޮސިޓްގެ ގޮތުގައި 5،000 ރުފިޔާ ދައްކަން ޖެހެ އެވެ. ޑޮލަރުން ނަމަ 500 ޑޮލަރު ޑިޕޮސިޓްގެ ގޮތުގައި ނަގާނެ އެވެ. މި އެކައުންޓާ ބެހޭ އިތުރު މައުލޫމާތު ސީބީއެމްގެ ނަމްބަރު 3332668 އަށް ގުޅުމުން ނުވަތަ ސީބީއެމްގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.