އެކްސިޑެންޓް

ކާރެއް ކޮންޓްރޯލްނުވެ، ބްރިޖުން ވެއްޓިއްޖެ

ބްރިޖަށް އަރަންދިޔަ ކާރެއް ކޮންޓްރޯލް ނުވެ، އެ ސަރަހައްދުގައި ތަރައްގީ ކުރުމަށްދާ ޖަޒީރާ ޕާކް ކައިރިއަށް ވެއްޓިއްޖެ އެވެ.

މިރޭ ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ނަމަވެސް ކާރަށް ވަނީ ގެއްލުންވެފައެވެ. އަދި މި ސަރުކާރުން ތަރައްގީ ކުރަން ފަށާފައިވާ "ޖަޒީރާ ޕާކް" ވަށައިގެން ޖަހާފައިވާ ފެންސަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން އަދި ވަކި މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެކްސިޑެންޓް ހިނގުމާއި ގުޅިގެން ގިނަ އަދަދެއްގެ ފުލުހުން ވަނީ ސީންގައި ހަރަކާތްތެރިވެފައެވެ.

ބުރިޖް އަދި ހައިވޭ ހެދިފަހުން ގިނަ އެކްސިޑެންޓްތަކެއް ވަނީ ހިނގާފައެވެ. ހައިވޭގައި ކުރިން ޖަހާފައިވާ ޕްލާސްޓިކް ޑިވައިޑަރުތައް އެއްކޮށް ހަލާކުވެގެންދިޔައީ އެކްސިޑެންޓްތަކުގައިއެވެ. މިހާރު ޑިވައިޑަރުތައް ހަދާފައި ވަނީ ކޮންކްރީޓުންނެވެ.