އަހުމަދު މަހްލޫފު

ޔޫތު މިނިސްޓަރު މައާފަށް އެދިއްޖެ

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުވާ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ބަޔަކު ތުހުމަތުވި މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ މީހުނަށް ރައްދުވާ ގޮތަށް ކުރެއްވި ޓްވީޓްތަކުގައި ބޭނުން ކުރެއްވި ބަސްތަކަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މައާފަށް އެދިވަޑައިގެންފި އެވެ.

ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާ ކުރުމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނީ އެ ކުއްޖާގެ ކާފަ އަދި މުނިކާފަ އެވެ. ދެން ހައްޔަރުކޮށްފައި ވަނީ އޭނާގެ ބައްޕަ އެވެ. އެއީ އިހުމާލު ވުމުގެ ކުށް އޮވެގެނެވެ.

ކުއްޖާގެ ކާފަ އަދި މުނިކާފަ ހައްޔަރު ކޮށްގެން ގެންދާ މަންޒަރުތަކާއި ފޮޓޯތައް ހިމަނާ ޔޫތު މިނިސްޓަރު ކުރެއްވި ޓްވީޓްތަކުގައި އެއީ ޖަނަވާރުންގެ ގޮތުގައި ވަނީ ސިފަ ކުރެއްވި އެވެ.

"އިންސާނެއްގެ ސިފާގައި ހުރި މުސްކުޅި ޖަނަވާރެއް، ހަމަ ހަވަރަށް ދޭންވީ." އޭނާގެ ދެ ޓްވީޓެއްގައި ވެއެވެ.

އޭނާ މިއަދު ވިދާޅުވީ ޓްވީޓްތަކުގައި ބޭނުން ކުރެއްވުނު ބަހުރުވައާއިމެދު މައާފަށް އެދި ވަޑައިގަންނަވާ ކަމަށެވެ.