ނޯކް މޯލްޑިވްސް

އިންސާނެއްގެ ކަށިގަނޑެއް ލައްގައިފި

Jan 18, 2020

ރިސޯޓަކަށް އިންސާނެއްގެ ބޮލުގެ ބަޔަކާއެކު ހިމެނޭ ކަށިގަނޑެއް ލައްގައިފި އެވެ

ފުލުހުން ބުނީ މިއަދު މެންދުރުގެ ވަގުތެއްގައި ނ. ކުޑަފުނަފަރުގައި ހިންގާ ނޮކް މޯލްޑިވްސް ރިސޯޓްގެ ގޮނޑުދޮށަށް އިންސާނެއްގެ ބޮލުގެ ބައެއް ބައެއް ލައްގާފައި ވާތީ އެ މައޫލޫމާތު އެ އިދާރާއަށް ހިއްސާކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ތަހުގީގު ޓީމެއް އެ ރިސޯޓަށް ދިއުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

އެ ރިސޯޓަށް އިންސާނެގެ މޫނު މަތީގެ ކަށިގަނޑެއް ލައްގާފައިވާއިރު ރާއްޖެއިން ކަނޑަށް ގެއްލިފައިވާ ދެ މީހަކު ހޯދުމުގެ މަސައްލަކަތް ސިފައިންނާއި ފުލުހުން ކުރަމުން ދެއެވެ. (ތަފްސީލް އަންނަނީ)