ގދ. ހޯޑެއްދޫން މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިރޭ 9:30 އެހާކަންހާއިރުން ފެށިގެން އެ ރަށުން ފިރިހެނަކު ގެއްލިގެން ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މިވަގުތު ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ގެއްލިފައިވާ މީހާގެ ފޮޓޯއެއް ވެސް ފުލުހުން ވަނީ އާންމު ކޮށްފަ އެވެ.
ހޯޑެއްދޫ ކައުންސިލުން ބުނީ އެ ރަށު ސަތަވަރީގެ އަލީ ޝަޒްވާން މުހައްމަދު އިއްޔެގެ ވަގުތަކުން ފެށިގެން ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު އާއިލާއިން އެ ކައުންސިލާ ހިއްސާކޮޮށްފައިވާ ކަމަށެވެ.
އެހެން ކަމުން އޭނާ ހޯދުމުގައި ހުރިހާ ރައްޔިތުންގެ އެހީތެރިކަމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.