ހަބަރު

ވެލިދޫ ކުނިކޮށީގައި ރޯވި އަލިފާންގަނޑު ނިއްވާލަައިފި

Jan 21, 2020

ނ. ވެލިދޫ ކުނިކޮށީގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ވެލިދޫ ކުނި ކޮށީގައި އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ ރޭ ދަންވަރު 2:15 ހާއިރު ކަމަށާއި އަލިފާންގަނޑު ނިއްވާލުމަށް ފުލުހުންނާއި ރަށު ރައްޔިތުން ނިކުމެ މަސައްކަތް ކުރި ކަމަށެވެ.

މިހާރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.