ހަބަރު

ކުޑަކުއްޖަކާ "އިނދެގެން" އުޅޭ މީހަކު ހައްޔަރުކޮށްފި

Jan 21, 2020
2

ހަރުކަށި ފިކުރު ގެންގުޅެ، ގާނޫނާއި ހިލާފަށް ކޯޓުގެ ބޭރުން 15 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނި ކޮށްގެން ކަމަށް ބުނެ، އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހައްޔަރު ކޮށްފައި ވަނީ އުމުރުން 39 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ފުވައްމުލަކު ސިޓީން ކަމަށާއި އެ މީހާއަކީ މީގެ ކުރިންވެސް 18 އަހަރުން ދަށުގެ ކުދިންނާމެދު ގަދަކަމުން ބަދުއަހްލާގީ އަމަލަ ހިންގި ކަމުގެ ރެކޯޑް އޮންނަ މީހެކެވެ.

މީގެ އިތުރުން މި މައްސަލައާއި ގުޅިގެން 15 އަަހަރުގެ ކުއްޖާގެ މަންމަވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ކުއްޖާއަށް އިހުމާލުވެފައިވާ މައްސަލައިގަ އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ވެސް ހައްޔަރު ކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.