ރޭޕް

ޖިންސީ ގޯނާގެ އިތުރު މައްސަލައެއް ބަލަން ފަށައިފި

ޒުވާން އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުންދާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ކަމަށާއި މައްސަލަ ހުށަހެޅި އިރު އަންހެން ކުއްޖާގެ އުމުރުން 19 އަހަރު ވެފައިވާ ކަމަށެވެ.

މައްސަލަ ހުށަހެޅި ފަރާތުން ތުހުމަތު ކުރާ ގޮތުގައި އޭނާއަށް ޖިންސީ ގޯނާ ކުރަން ފެށީ 2011 ވަނަ އަހަރުން ފެށިގެނެވެ. އަދި އެކަން ކުރަމުން އައީ އޭނާގެ ޅިޔަނެކެވެ. އެނާއަށް ޖިންސީ ގޯނާ ކުރަން ފެށި އިރިު އުމުރުން 11 އަހަރެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު މިމަހުގެ 17 ވަނަ ދުވަހު ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ހާޒިރުކޮށް ސުވާލު ކޮށް ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލާގައި ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކީ މީޑިއާގައި މަސައްކަތް ކުރާ މީހެކެވެ.