ހަބަރު

އެމްޓީސީސީ ބޯޑުން ޝާއިރު އިސްތިއުފާ ދީފި

Jan 22, 2020
1

އެމްޓީސީސީ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަަޑައިގަންނަވާ އަބްދުﷲ ޝާއިރު، ކުންފުނީގެ ބޯޑުން އިސްތިއުފާ ދެއްވައިފި އެވެ. އެނގިފައިވާ ގޮތުގައި ޝާއިރު އިސްތިއުފާ ދެއްވާފައިވަނީ މިއަދުގެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަަޑައިގަންނަވާ، ޝާއިރު އަވަސް އަށް މިއަދު ވިދާޅުވީ އިސްތިއުފާ ދެއްވީ އަމިއްލަ މަސައްކަތް ހުރި ގޮތުން މިވަގުތު އެމްޓީސީސީއަށް ވަގުތު ދެވެން ނެތިގެން ކަމަށެވެ.

އެމްޓީސީސީގެ ބޯޑުން ޝާއިރު އިސްތިއުފާ ދެއްވިއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން ޝާހު އިއްޔެ ވަނީ އެމްޑަބްލިއުއެސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ. އަދި ކުރިން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިހާރު ވަނީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލު ކޮށްފަ އެވެ.