ޒުވާނުންނަށް ޕައިތަން ޕްރޮގްރާމިން ލޭންގުއޭޖް ދަސްކޮށްދޭ ކުރު ކޯހެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަށައިފިއެވެ. ޕައިތަން ޕްރޮގްރާމިން އަކީ ޕްރޮގްރާމިންގެ އެކި ހުނަރުތައް ދަސްކޮށްދޭ ފައުންޑޭޝަން ކޯހެކެވެ.
"އިންޓްރަޑަކްޝަން ޓު ކޮމްޕިއުޓާ ސައިންސް އެންޑް ޕްރޮގްރާމިން ޔޫސިން ޕައިތަން"ގެ ގެ ނަމުގައި ކުރިއަށް ގެންދާ މި ކޯސް އަމާޒުކޮށްފައި ވަނީ މިދިޔަ އަހަރު އޯލެވެލް ނިންމާފައިވާ ދަރިވަރުންންނަށެވެ. އެމްއެމްއޭއިން ބުނީ މި ކޯހުގައި ވިހި ފަރާތަކުން ބައިވެރިވެފައިވާ ކަމަަށެވެ.
ކޯސް ފެއްޓުމުގެ ގޮތުން، ކޯހުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މާލީ ނިޒާމުގެ ކުރިއެރުމާއި ޓެކްނޮލަޖީ އާއި ވަރަށް ބޮޑަށް ގުޅިފައިވާކަމަށެވެ. ވަކިން ހާއްސަކޮށް ގައުމީ ޕޭމެންޓް ނިޒާމެއް ގާއިމުކުރެވުމުން ޕްރޮގްރާމާސް އަށް އޮންނަ ޑިމާންޑް މިހާރަށްވު ރެ އިތުރު ވާނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ތިޔަ ޒުވާނުންނަކީ މިގައުމުގެ އާ ޖީލު. ޒުވާނުންގެ ވިސްނުން ބައްޓަންކުރަން ވާނީ އާ އަމާޒަކަށް،" ކޯހުގެ ބައިވެރިންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވި އެވެ.
އެމްއެމްއޭއިން ހިލޭ ނުވަ ހަފްތާ އަށް ކުރިއަށް ގެންދާ މި ކޯހުގައި ލެކްޗާތައް ދެއްވާނީ އެ އޮތޯރިޓީގެ ފަންނީ ބޭފުޅުންނެވެ.