ރައީސް މުހައްމަދު ނަޝީދު

އަންހެން ކުދިން ހިތާނަ ކުރުމަކީ ޖިންސީ ގޯނާއެއް: ނަޝީދު

Jan 23, 2020
4

އަންހެން ކުދިން ހިތާނަ ކުރުމަކީ ޖިންސީ ގޯނާއެއް ކަމަށާއި އެފަދަ ކަންކަމަށް ހިތްވަރު ދޭނަމަ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންހެން ކުދިން ހިތާނަ ކުރުމާ ގުޅޭ ފަތުވާއެއް ބޭނުން ނުވާ ކަމަށާއި ކުޑަ ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނެއް މިހާރު ފާސްކޮށްފައިވާާ ކަމަށެވެ. އަދި އެ ކުދިން ހިތާނަ ކުރުމަކީ ޖިންސީ ގޯނާ ކުރުން ކަމަށާއި އެފަދަ ކަންކަމަށް ހިތްވަރު ދޭ މީހުންނަށް ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓް

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ އެޗްޕީއޭގެ އެދުމުގެ މަތިން އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ފިގުހު އެކަޑަމީގެ ލަފަޔަކަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައިވަނިކޮށެވެ. އެޗްޕީއޭގެ ސިޓީ ބާތިލްކޮށް އެކަމުގައި ލަފާ ހޯދުން ހުއްޓާލަން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ އަންގަވައިފަ އެވެ.