މަގުމަތީގެ އެކްސިޑެންޓް

ކާރެއް ކޮންޓްރޯލެއް ނުވެ، އެކްސިޑެންޓު ވެއްޖެ

Jan 23, 2020
1

ހުޅުމާލޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެ އެކްސިޑެންޓު ވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 7:25 ގައި ހުޅުމާލޭ ޗަނބޭލި މަަގުން އުތުރަށް ދުއްވާފައި ދިޔަ ކާރެއް އަނބުރާލަން އުޅުމުގެ ތެރޭގައި ރެސް ޕެޑަލްއަށް ފިތި، ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހިފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް ދެ ސައިކަލަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.