ހަބަރު

ފިލި ގައިދީ ހައްޔަރުކޮށްފި

Jan 23, 2020
1

ޓެސްޓުތަކެއް ހައްދަން އައިޖީއެމްއެޗްއަށް ގެންދިޔުމުން ފިލި ގައިދީ ހޯދައި ހައްޔަރުކޮށްފި އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދިޔުމުން ފިލާފައި ވަނީ އުމުރުން 24 އަހަރުގެ އައިސަރު ނަސީމް އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މިއަދު 2:10 ގައި ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަސީމްއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަމުން އަންނަ މީހެކެވެ. އޭނާ އައިޖީއެމްއެޗްއަށް ގެންދިޔުމުގެ ކުރިން ހުރީ މާލެ ޖަލުގައި ބަންދުކޮށްފަ އެވެ.