މަގުމަތީގެ އެކްސިޑެންޓް

ބްރިޖު މަތީ އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

Jan 23, 2020

ސިނަމާލެ ބްރިޖު މަތީ މިރޭ އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

މިރޭ 7:15 ހާއިރު ހިނގި މި އެކްސިޑެންޓު ހިނގާފައި ވަނީ ޓްރެފިކް ލައިޓުގައި މަޑުކޮށްގެން އޮތް ކާރެއް ނައްޓާލި ވަގުތު ފަހަތުން އައި ސަކަލަކުން ޖެހިގެނެވެ. އެ ހާދިސާގައި ފަހަތުން އައި ސައިކަލު ދުއްވަން އިން ވެއްޓި އަނިޔާވި އެވެ.

އެކްސިޑެންޓުވި ގޮތައް އަންހެން މީހާ ބިންމަތީ ވެއްޓިފައި އޮތްތާ 20 އަކަށް މިނެޓު ފަހުން އެމްބިއުލެންސް އައިސް އޭނާ ނަގައިގެން ގެންގޮސްފި އެވެ. ފުލުހުން ބުނީ ސައިކަލު ދުއްވަން އިން 27 އަހަރުގެ އަންހެން މީހާއަށް އައިޖީއެމްއެޗް ގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.