ހަބަރު

ދާންދޫއަށް 18 ބިދޭސީން ދޫކޮށްލި މައްސަލައެއް ބަލަނީ

Jan 24, 2020

ރިސޯޓެއް ތަރައްގީ ކުރަމުންދާ ރަށެއް ކަމަށްވާ ގއ. ވޮޑަމުލަގައި މަސައްކަތް ކުރާ 18 ބިދޭސީން އެ އަތޮޅު ދާންދޫއަށް ފޮނުވާލުމަށް ފަހު އެ މީހުންނާ ހަވާލު ނުވި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ވޮޑަމުލަގައި މަސައްކަތް ކުރާ 18 ބިދޭސީން ދާންދޫއަށް ބާލާފައި ދިޔަ ގޮތައް އެ މީހުން އަދިވެސް އެ ރަށުގައި ތިބި ކަމަށާއި ދާންދޫ ކައުންސިލުން އެކަމުގެ ކަންބޮޑުވުން ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންނާއި ކައުންސިލުން ރިސޯޓު ހަދާ ފަރާތްތކާ ވާހަކަ ދައްކައިގެން އެ މީހުން ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ދާންދޫއަށް ގެނެސްފައިި ވަނީ މަސައްކަތް ކުރާ ރަށުން ދާން ބޭނުންވުމުން އެ މީހުންނަށް ތިން މަހުގެ މުސާރަ ދިނުމަށް ފަހުގައި ކަަމަށް ފުލުހުން ބުންޏެވެ .އަދި ދާންދޫއިން ފުރާ ބޯޓަކުން މާލެ ފޮނުވައިލުމަށް ނިންމާފައިވީ ނަމަވެސް އެ މީހުންނާ ހަވާލުވާނެ މީހަކު ނެތް ކަމަށް ބިދޭސީން ވަނީ ބުނެފަ އެވެ.

ނަމަވެސް މިރޭ 10:30 ހާއިރު ރިސޯޓުން ބަޔަކު އައިސް އެ މީހުން ގެންދިޔަ ކަމަށް ކައުންސިލުން މައުލޫމާތު ދެ އެވެ.

ފުލުހުން އަންނަނީ އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭކަންކަން ބަލަމުންނެވެ.