ހަބަރު

ބޯޓެއް ބަންޑުން ޖަހާލާ ސަމާލުވާން އިލްތިމާސްކޮށްފި

މ. ކޮޅުފުއްޓާ ދިމާލުން ބަނޑުން ޖަހާލާފައިވާ ބޯޓެއް އޮޔާދާތީ އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.

މ.ކޮޅުފުށީ އިރުދެކުނު ފަރާތުން ބަނޑުން ޖަހާލާފައިވާ ބޯޓެއް އޮޔާދާތީވެ އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލު ވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ވަނީ އެދިފަ އެވެ.

އެމްއެންޑީއެފުން ބުނީ، ބަންޑުން ޖަހާލާފައިވާ ބޯޓު އޮޔާދާނީ ތ. އަތޮޅާއި ދ. އަތޮޅާ ދޭތެރެއިން ކަމަށެވެ. އެހެންކަމުން، ރޭގަނޑު މި ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

މި ބޯޓާ ބެހޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފް އިން ހިއްސާއެއް ނުކުރެ އެވެ.