ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު ޖަލުގައި އަމަލު ކުރެވެމުންދަނީ އަނިޔާވެރިކޮށް ކަމަށާ އެމަނިކުފާނު މިހާރު ހުންނެވީ މުޅިން ހިކި އަނަރޫފަވެފައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިދިކޮޅުން ތިލަދުންމައްޗަށް ކުރަމުންދާ ދަތުރުގައި ހއ. ބާރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޖަލުގައި ރައީސް ޔާމީނަށް އަނިޔާ ލިބެމުންދާ ކަމަށާ އެއީ ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިން ބޭނުން ވެގެން ގަސްތުގައި ދެމުންދާ އަނިޔާތަކެއް ކަމަށެވެ.
ރައީސް ޔާމީންގެ ދުވަސްވަރު ޖަލުގައި ބަންދު ކުރެވުނު ކުރީގެ ރައީސުންނާއިމެދު އަމަލު ކުރެއްވި ގޮތް ހަނދާން ކޮށްދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ބޭފުޅުން ތިއްބެވީ ބޭނުންފުޅު އެއްޗެއް ފަރިއްކުޅުވައިގެން ކަމަށެވެ. އަދި އެ ބޭފުޅުން އާންމު ދިރިއުޅުއްވުމުގައި ބޭނުން ކުރެއްވި ކޮންމެ އެއްޗެއް ޖަލަށް ވެއްދުމުގެ ހުއްދަ ކުރީ ސަރުކާރުން ދީފައިވާނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ބައެއް ބޭފުޅުންގެ ހާލަތަށް ބަލާ ހިދުމަތް ކުރުމަށް އެ ބޭފުޅުންގެ އަނބިކަނބަލުންނަށް ޖަލަށް ވަޑައިގަތުމުގެ ފުރުސަތުވެސް ދެއްވާފައިވާ ކަމަށެވެ. އަބްދުއްރަހީމް އެ އިޝާރާތް ކުރައްވަނީ ކުރީގެ ރައީސް މައުމޫން ޖަލުގައި ހުންނެވިއިރު، ބައެއް ހިދުމަތްތައް ކޮށްދެއްވުމަށް ޖަލަށް ވަޑައިގެންނެވުމުގެ ފުރުސަތު ނަސްރީނާ އިބްރާހިމަށް ދެއްވި ދެއްވުމަށެވެ. ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވުމުން، ވަކި ވަގުތުތަކެއްގައި ޖަލަށް ވަޑައިގެން އެމަނިކުފާނުގެ އަރިހުގައި ހުންނެވުމުގެ ފުރުސަތު ނަސްރީނާއަށް ލިބިވަޑައިގެންނެވިއެވެ. ނަމަވެސް އެ ފުރުސަތު ލިބިވަޑައިގެންނެވީ އެތައް މުއައްސަސާއަަކަށް އެކަމުގެ ޝަކުވާ ހުށައަޅައިގެންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހަމައާއި އިންސާފުން ކަންކަން ކުރެއްވި ނަމަވެސް މިއަދު ރައީސް ޔާމީންގެ އަނބިިކަނބަލުންނަށް ޖަލަށް ވަޑައިގެންނެވެނީވެސް ކައިވެނީގެ ސެޓިފިކެޓްގެ އަސްލު ހުށައެޅުމުން ކަމަށެވެ.
"ރައީސް ޔާމީނާ ދޭތެރޭ ވަރަށް އަނިޔާވެރިކޮށް އަމަލުކުރެވެނީ، މީހާ ހުރީ މުޅިން ހިކި އަނަރޫފަވެފައި. މިއީ އަސްލު ވަރަށް އަސަރުހުރި ވާހަކައެއް." ވަރަށް އަސަރާއެކު ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ. "އެމަނިކުފާނު ވިދާޅުވި ފެންވަރުގެ ކަންތައްތައް ވަރަށް ދައްޗޭ، ވަރަށް ދަތި ގޮތަކަށް، ތުބުޅި ބޭލޭނެ ގޮތެއް ނެތޭ، ކާން ގެންނަން އެއްޗެހީގެ ރޮލެއް ނުފިލުވައޭ، 45 ދުވަސްވެގެން ދިޔައިރު ކާން ދެނީ އެކަށްޗެކޭ، ނިދާކަށް ފަސޭހައެއް ނޫނޭ، ގަސްތުގައި އަޑުގަދަ ކުރަނީއޭ، އެހާހިސާބަށް ވާހަކަ ދިޔައީމަ އަޅުގަނޑަށް ދެން އިތުރަކަށް އެ ވާހަކަ އަޑުއަހާކަށް ކެތެއް ނުވި، ހަމަ ހަގީގަތަށް މި ދަންނަވަނީ އަަޅުގަނޑަށް ރޮވުނު."
އަބްދުއްރަހީމް ވިދާޅުވީ އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ ރައީސް ޔާމީނަށް ނުހައްގުން އަނިޔާ ލިބެމުންދާ ދުވަހެއް ކަމަށެވެ. އަދި ރައީސް ޔާމީނަށް ސަރުކާރު ހިިންގާ ކޯލިޝަނުން ގަސްތުގައި އަނިޔާ ކުރަމުންދާކަން މިފަހުން އިސްތިއުފާ ދެއްވި ކޮމިޝަނަރު އޮފް ޕްރިޒަންސްގެ ވާހަކަތަކުން އެނގޭ ކަމަށެވެ.
"މޫނު މައްޗަށް ބަލާލީމަ މުޅި މޫނުމަތީ އޮތީ ބިސް [ބިހި] ނަގާފައި، ކީއްވެގެންތޯ އޮޅުންފިލުވާލިއިރު، ތުނބުޅި ބާލަން ޖެހެނީ ޖަލު މީހުން ތުނބުޅި ބާލާ ރޭޒަރުން. ތުނބުޅި ބާލާފައި އުނގުޅާލާނެ އާފްޓާޝޭވް ކޮޅެއް ނުލިބޭ، ޖަލަށް ވެއްދުން އޮތީ މަނާކޮށްފައި. ފެންވަރާ ލައިގެން ނިިކުމެ ގައިގައި އުނގުޅާލާނެ ލޯޝަން ކޮޅެއް ނުލިބޭ، ނަމާދަށް ނުވަތަ ހުކުރަށް ވަޑައިގަންނަވަން ބޭނުން ކުރާނެ އަތަރުކޮޅެއް ނޫނީ ސެންޓް ކޮޅެއް ނުލިބޭ، މިހާ ހިތްދަތި ހާލުގައި ރައީސް ޔާމީން ޖަލުގައި އެ ހުންނެވީ."
ރައީސް ޔާމީނާ ދޭތެރޭ ވަރަށް އަނިޔާވެރިކޮށް އަމަލުކުރެވެނީ، މީހާ ހުރީ މުޅިން ހިކި އަނަރޫފަވެފައި. މިއީ އަސްލު ވަރަށް އަސަރުހުރި ވާހަކައެއް. އެމަނިކުފާނު ވިދާޅުވި ފެންވެރުމުގެ ކަންތައްތައް ވަރަށް ދައްޗޭ، ވަރަށް ދަތި ގޮތަކަށް، ތުބުޅި ބޭލޭނެ ގޮތެއް ނެތޭ، ކާން ގެންނަން އެއްޗެހީގެ ރޮލެއް ނުފިލުވައޭ، 45 ދުވަސްވެގެން ދިޔައިރު ކާން ދެނީ އެކަށްޗެކޭ، ނިދާކަށް ފަސޭހައެއް ނޫނޭ، ގަސްތުގައި އަޑުގަދަ ކުރަނީއޭ، އެހާހިސާބަށް ވާހަކަ ދިޔައީމަ އަޅުގަނޑަށް ދެން އިތުރަކަށް އެ ވާހަކަ އަޑުއަހާކަށް ކެތެއް ނުވި، ހަމަ ހަގީގަތަށް މި ދަންނަވަނީ އަަޅުގަނޑަށް ރޮވުނުއަބްދުއްރަހީމް އަބްދުﷲ | ޕީއެންސީގެ ލީޑަރު
މޫނު މައްޗަށް ބަލާލީމަ މުޅި މޫނުމަތީ އޮތީ ބިސް [ބިހި] ނަގާފައި، ކީއްވެގެންތޯ އޮޅުންފިލުވާލިއިރު، ތުނބުޅި ބާލަން ޖެހެނީ ޖަލު މީހުން ތުނބުޅި ބާލާ ރޭޒަރުން. ތުނބުޅި ބާލާފައި އުނގުޅާލާނެ އާފްޓާޝޭވް ކޮޅެއް ނުލިބޭ، ޖަލަށް ވެއްދުން އޮތީ މަނާކޮށްފައި. ފެންވަރާ ލައިގެން ނިިކުމެ ގައިގައި އުނގުޅާލާނެ ލޯޝަން ކޮޅެއް ނުލިބޭ، ނަމާދަށް ނުވަތަ ހުކުރަށް ވަޑައިގަންނަވަން ބޭނުން ކުރާނެ އަތަރުކޮޅެއް ނޫނީ ސެންޓް ކޮޅެއް ނުލިބޭ، މިހާ ހިތްދަތި ހާލުގައި ރައީސް ޔާމީން ޖަލުގައި އެ ހުންނެވީއަބްދުއްރަހީމް އަބްދުﷲ | ޕީއެންސީގެ ލީޑަރު
ކޮންމެ ގޮތަކަށް ރައީސް ޔާމީނާމެދު އަމަލު ކުރެވުނު ނަމަވެސް އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަމާއެކު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެމަނިކުފާނުގެ ކަންބޮޑުވުމަކީ ގައުމަށް ވެދާނެ ގޮތެއް ކަމަށާ އެމަނިކުފާނު އެދިވަޑައިގަންނަަވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓްދީ ގައުމު މިހާރު އޮތް ހާލަތުން ސަލާމަތް ކޮށްދިނުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.