ހަބަރު

ވެލިނަގަން ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެ

ވެލިނަގަން ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ރ. މަޑުއްވަރީ ދޯންޏަކުން ވެލި ނަގަންގޮސް އުޅުނު މީހަކު އެ ރަށު ސިއްހީ މަރުކަޒަށް ގެނެސްފައިވާ ކަމަށެވެ.

އެމީހާ ސިއްހީ މަރުކަޒަށް ގެނައިއިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެ މީހާގެ މަރާމެދު ޝައްކު އުފެދޭ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

ވެލި ނަގަން ގޮސް އުޅެނިކޮށް މަރުވެފައިވަނީ 52 އަހަރުގެ މީހެކެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބެއް ފުލުހުން ނުބުނެއެވެ. އެމީހާ މަރުވީ ދޯނީގައި ހުއްޓާ ކަމެއް އަދި ވެލި ނަގަން ފީނަން އުޅުމުގެ ތެރޭގައި ކަމެއް ސާފެެއް ނުވެއެވެ.