ހަބަރު

ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ބަލަނީ

ހާލު ދެރަވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވެގެން އެކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މިއަދު ހަވީިރު ލިބުނު މި ރިޕޯޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މަރުވެފައިވަނީ އުމުރުން 49 އަަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ބަލަމުންދިޔަ ނަމަވެސް އެމީހާގެ މަރާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މައްސަލަ ބަލަމުންދަނީ ހޮސްޕިޓަލްގެ އިހުމާލެއް އޮވެގެން ކަމެއް ނުވަތަ ނޫން ކަމެއްވެސް ޔަގީންކޮށެއް ނުދެއެވެ.

ކުއްލި މަރުތައް އިތުރުވަމުންދާއިރު، އެފަދަ މަރުތަކުގެ ހަގީގަތް ހޯދުމަށް ފުލުހުން އަބަދުވެސް ތަހުގީގު ކުރެއެވެ.