ދުނިޔެ

ހެލިކޮޕްޓަރު ވެއްޓި ބާސްކެޓް ތަރި ކޯބީ ބްރަޔަންޓް މަރުވެއްޖެ

Jan 27, 2020
1

ބާސްކެޓްބޯޅާގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިއެއް ކަމަށްވާ، އެމެރިކާގެ ކޯބީ ބްރަޔަންޓް ގޮވައިގެން ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓި އޭނާ މަރުވެއްޖެ އެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކެލިފޯނިއާގައި ހިނގި އެ ހާދިސާގައި ކޯބީގެ އިތުރުން އޭނާގެ 13 އަހަރުގެ އަންހެން ދަރިފުޅު ޖިއާނާވެސް ވަނީ މަރުވެފަ އެވެ. އެ ހެލިކޮޕްޓަރުގައި ޖުމްލަ ނުވަ މީހުން ތިބި އިރު، އެއްވެސް މީހަކު ސަލާމަތްނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ބްރަޔަންޓް، 41 ވަނީ އެލްއޭ ލޭކާސްއަށް 20 ސީޒަންގައި ކުޅެ، ފަސް ފަހަރަށް އެންބީއޭގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ.

ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ ބްރަޔަންޓްގެ ކުއްލި މަރާއެކު، މުޅި ދުނިޔެއަށް ވަނީ ސިހުމެއް ލިބިފަ އެވެ.

ބްރަޔަންޓް 2016 ވަނަ އަހަރު ރިޓަޔާ ކުރިއިރު، އޭނާ ވަނީ 2008 ވަނަ އަހަރު އެންބީއޭގެ އެންމެ އަގުހުރި ކުޅުންތެރިޔާގެ ލަގަބުގެ އިތުރުން، ދެ ފަހަރެއްގެ މަތިން އެންބީއޭގެ ފައިނަލްސްގައި އެމްވީޕީ އާއި ދެ އަހަރު އެންމެ ގިނައިން ޕޮއިންޓް ހޯދި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދައިފަ އެވެ.

އެ ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބު ތަހުގީގުކުރަން ފަށާފައިވާއިރު، ޖިއާނާގެ އިތުރުން ބްރަޔަންޓްގެ އިތުރު ދެ އަންހެން ދަރިން ތިބެ އެވެ.