ހަބަރު

ވަރީގެ އަދަދު 60 ޕަސެންޓު މައްޗަށް

މިދިޔަ އަހަރު ރާއްޖޭގައި 5000 އަށް ވުރެ ގިނަ ވަރިކޮށް 60 ޕަސެންޓު މައްޗަށް ޖެހިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޑީޖޭއޭއިން މިއަދު ނެރުނު ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރު ވަނީ 5117 ވަރި ކޮށްފަ އެވެ. މިއީ 2018 ވަނަ އަހަރާ ބަލާއިރު 61.6 ޕަސެންޓުގެ އިތުރު ވުމެކެވެ. 2018 ވަނަ އަހަރު ރާއްޖޭގައި ކުރީ 3199 ވަރި އެވެ.

މިއަދު ނެރުނު ކައިވެނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 6509 ކައިވެންޏެއް ކޮށްދީފައިވެ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 23 ޕަސެންޓުގެ އިތުރު ވުމެކެވެ. ދެހާސް އަށާރަ ވަނަ އަހަރު ކޮށްފައި ވަނީ 5290 ކައިވެންޏެވެ.

އާބާދީ ކުޑަ ގައުމުތަކުގެ ތެރެއިން ރާއްޖެ އަކީ މުޅި ދުނިޔެ އިން އެންމެ ވަރި ގިނަ ގައުމެވެ.