ހަބަރު

އޯޝަންސް ކޮންފަރެންސަށް ތައްޔާރުވާން ވޯކްޝޮޕެއް

ގްލޯބަލް ކޮރަލް ރީފް މޮނިޓަރިން ނެޓްވޯކްގެ ދެކުނު އޭޝިއާގެ ފަރުތަކާ ގުޅޭ މައުލޫމާތު ނަގަމުންދާ ފަރާތްތަކަށް އަމާޒު ކޮށްގެން ބާއްވާ ވޯކްޝޮޕެއް މިއަދު ފަށައިފި އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ވޯކްޝޮޕްގައި އިންޓަނޭޝަނަލް ކޮރަލް ރީފް އިނީޝިއެޓިވް (އިކްރީ) ގެ ފަރާތުން ދުނިޔޭގެ ފަރުތައް ނިސްބަތްވާ ސަރަހައްދުތަކުގެ މެދުގައި ފަރުތަކުގެ ހާލަތާ ގުޅޭ މައުލޫމާތު އެކުލަވައިލަ އެވެ. އަދި، މި މައުލޫމާތުތައް ރިޕޯޓެއްގެ ގޮތުގައި "ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރަންސް" ގައި ހުށަހަޅާނެ އެވެ.

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އިފްތިތާހު ކޮށްދެއްވި ވޯކްޝޮޕްގައި އެކި ގައުމުތަކުގެ 25 މެމްބަރުން ބައިވެރިވެ އެވެ. އެގޮތުން، އިންޑިއާ އާއި ޝްރީލަންކާ އާއި ޖަޕާނުގެ އިތުރުން ސައުތް އޭޝިއަން ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަސެޕް) އިން ހަތް މަންދޫބުން ހިމެނެ އެވެ. އަދި ރާއްޖޭގެ ޖަމިއްޔާތަކުން 17 ބައިވެރިން ބައިވެރި ވި އެވެ.